ޚަބަރު

ގާނާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޑރ. ޚަލީލު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
Featured

ގާނާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޑރ. ޚަލީލު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2025/PR/245

ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުުމުގެ ހިދާމަވެރި ހާދިސާގައި އެޤައުމުގެ ޑިފެންސް މިނިސްޓަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އަދި އެޤައުމުގެ އިތުރު އޮފިޝަލުން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރު ސެމިއުލް އޮކުޒެޓޫ އަބްލަކްވާއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައިވަނީ:

"ގާނާގެ  ޑިފެންސް މިނިސްޓަރ އެޑްވަރޑް އޮމަނެ ބޮއަރމަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އިބްރާހީމް މުރްތަޟާ މުޙައްމަދު  އަދި އިތުރު އޮފިޝަލުން ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އަވަހާރަވި ހިތާމަވެރި ޚަބަރު އަޅުގަނޑު އަޑުއެހީ ކުއްލި ސިހުމަކާއި ފުން ހިތާމައާއެކުއެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.  

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960