ޚަބަރު

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބަޙްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Ref: 2024/PR/249

ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާނީއާ ގެ ދަޢުވަތަކަށް، ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ބަހްރައިންއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މަނަމާއިން ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ވަނީ ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސަލްމާން ބިން ޙަމަދު އަލް ޚަލީފާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.  

ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާންއާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ކުރެއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބަޙްރައިނުގެ ފޮރިން މިނިސްޓަރ އަށް އެރުވިއެވެ. 

މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ، އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ޗެއަރމަން އޮފް ދަ ޓުއަރިޒަމް އެންޑް އެގްޒިބިޝަންއޮތޯރިޓީ، ފާތިމާ ބިންތު ޖަފަރު އަލް ސައިރާފީގެ އިތުރުން ބަހްރެއިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑާއި ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.  

މިނިސްޓަރ ޒަމީރު ބަހްރައިނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960