ޚަބަރު

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ދަ ރައިޓް އޮނަރަބަލް ބޮރިސް ޖޯންސަންއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފި

23 މެއި 2017

ލަންޑަންގެ ވެސްޓް މިންސްޓަރގައި ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުޙައްމަދު ޢާޞިމް، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސަލަންސީ ދަ ރައިޓް ހޮނަރަބަލް ބޮރިސް ޖޯންސަންއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިމެސެޖުގައި މިޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއި އެކު ކަމަށް ވިދާޅުވެ، މި ޓެރަރިސްޓް ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.

އަދި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ވެސްޓް މިންސްޓަރގެ ހަމަލާގައި މަރުވެ، އަނިޔާ ފަރާތްތަކާއި ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.  

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960