ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ޕާކިސްތާނުގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފި

25 އޭޕްރިލް 2017 ، އިސްލާމްއާބާދް

މިހާރު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް ޕާކިސްތާން ގެ ބޮޑު ވަޒީރު ހިޒް އެކްސަލަންސީ މުހައްމަދު ނަވާޒް ޝަރީފް ގެ އަރިހަށް މިއަދު އިހްތިރާމް ގެ ޒިޔާރަތެއް ކުރައްވައިފިއެވެ.  

ޕާކިސްތާން ގެ ބޮޑު ވަޒީރު ގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މިބައްދަލުވުމުގައި މިނިސްޓަރ އާސިމް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ހެޔޮ އެދުންތައް ބޮޑު ވަޒީރަށް އަރިސްކުރައްވާ، ރައީސް ގެ ސިޓީ ފުޅެއް ބޮޑު ވަޒީރަށް އެރުއްވިއެވެ. އަދި ޕާކިސްތާނުން ރާއްޖެ އަށް ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރުއަދާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭން ޕާކިސްތާނަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ސަލީމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލް އިބްރާހިމް ޝަހީބު، ގެ އިތުރުން މިނިސްޓްރީ ގެ ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ޝަބީނާ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960