ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ޕާކިސްތާނު ގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައިފި

25 އޭޕްރީލް 2017 ، އިސްލާމްއާބާދު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް އެމަނިކުފާނު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭ ގެ އެމްބަސީ އަށް މިއަދު ވަނީ ޒިޔާރަތެއް ކުރައްވާފައެވެ.

މި ޒިޔާރަތުގައި ދިވެހި އެމްބަސީ ގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވާ، އެމްބަސީން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާ ކުރެއްވިއެވެ. މިގޮތުން، ރާއްޖެ އާ ޕާކިސްތާން އާ އޮތް ގުޅުން ބަދަހިކުރުމަށް އެމްބަސީން ކުރައްވާ މަސައްކަތްތައް ބައްލަވާ އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960