ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ  ވަޑައިގަންނަވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް، އެމަނިކުފާނު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު ގެ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑު ވަޒީރު ހިޒް އެކްސަލަންސީ މުހައްމަދު ނަވާޒް ޝަރީފް ގެ އަރިހަށް އިޙްތިރާމް ގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ޒިޔާރަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ބޮޑު

ވަޒީރު ނަވާޒް ޝަރީފަށް ފޮނުއްވާ ސިޓީފުޅެއް އެމަނިކުފާނަށް ރައްދުކޮށްދެއްވިއެވެ. އަދި އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސަރްތާޖް އަޒީޒް އާ މިނިސްޓަރ އާސިމް ބައްދަލުކުރައްވާ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާމެދު މަޝްވަރާކުރެއްވިއެވެ.  

އަދި މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޕާކިސްތާނު ގެ ފޮރިން ސަރވިސް އެކަޑަމީ އަށް ޒިޔާރަތްކުރައްވާ ޕާކިސްތާން އާ ރާއްޖެ އާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، އިސްލާމްއާބާދުގައި ކިޔަވަން ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކުރައްވާ އަދި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަޑައިގެން އެމްބަސީ ގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.   

މިނިސްޓަރ ޕާކިސްތާނަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލް އިބްރާހިމް ޝަހީބު، އަދި ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ޝަބީނާ ބައިވެރިވެވަޑައިގަތެވެ.

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960