ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ޕާކިސްތާން ފޮރިން ސަރވިސް އެކަޑަމީގައި ވާހަކަފުޅު ދައްކަވައިފި

26 އޭޕްރިލް 2017 ، އިސްލާމްއާބާދު 

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް ޕާކިސްތާން ފޮރިން ސަރވިސް އެކަޑަމީއަށް މިއަދު ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ. 

އެމަނިކުފާނުގެ ވަހަކަފުޅުގައި ދިވެހިރާއްޖެ އާ ޕާކިސްތާން އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ވާހަކަ އަށް އަލިއަޅުވާ ލެއްވިއެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި ޕާކިސްތާން އަށް ދެއްވައިފައިވާ އަހަމިއްޔަތުކަން ފާހަގަކުރައްވާ ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރަުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ވާހަކަވެސް ދެއްކެވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތަކުގެ ވާހަކަ ދައްކަވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. 

މީގެ އިތުރުން ޕާކިސްތާން ފޮރިން ސަރވިސް އެކަޑަމީ އިން ރާއްޖޭގެ ފޮރިން ސަރވިސް އަށް ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ. ފޮރިން މިނިސްޓަރ ގެ މި ޒަޔާރަތުގައި ފޮރިން ސަރވިސް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އެމްބަސަޑަރ އިފްތިހާރު އަޒީޒްއާ ވެސް ބައްދަލުކުރެއްވިއެވެ. 

މިބައްދަލުވުމުގައި، ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް އަހްމަދު ސަލީމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލް އިބްރާހިމް ޝަހީބު، ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ޝަބީނާ، ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލް އަހްމަދު މުޖްތަބާ އަދި ޕާކިސްތާން ގެ ފޮރިން ސަރވިސް ގެ ބޭފުޅުންގެ އިތުރުން ޕާކިސްތާންގެ ފޮރިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960