ޚަބަރު

ފިލިޕީންސްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‎Ref: 2024/PR/137

‎ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެންރީކޭ އޭ. މަނާލޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎"ފިލިޕީންސްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނަށާއި ފިލިޕީންސްގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއާއި ފިލިޕީންސް ވަނީ އިޙުތިރާމް އާއި އިތުބާރުގެ މައްޗަށް ބިނާވެފައިއޮތް ގާތް ސިޔާސީ ގުޅުމެއް ދެޤައުމުގެ ދެމެދުގައި ދަމަހައްޓާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރެންގާތްވެފައިވާއިރު، މި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ ވަރަށް އިޚުލާޞްތެރި އުއްމީދެއްކަމުގައި ދެންނެވީމެވެ.   

މަނިކުފާނު ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުންނެވުމަށާއި ފިލިޕީންސްގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ."

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960