30 މާރޗް 2017، މާލެ
ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ދާތޯ ޑރ. އަންވަރު އަލް އަޤާ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ އާސިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު، ފާތިމަތު އިނާޔާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ޢަބްދުލްވާރިޘް ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.