ޚަބަރު

އެސްވަޓީނީގެ ޚާރިޖީ ވަޒީރަށް، މިނިސްޓަރ ޒަމީރު މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/279

އެސްވަޓީނީގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ފޯލިލޭ ޝަކަންޓޫއަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް.
ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި، އެޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެސްވަތީނީގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.

އަދި މި މެސެޖުގައި، ދިވެހިރާއްޖެއާއި އެސްވަޓީނީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަޒީރު ޒަމީރު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އެރުވިއެވެ. ހަމައެއާއެކު، އެސްވަޓީނީގެ ޚާރިޖީ ވަޒީރަށާއި ރައްޔިތުންނަށް އުފާފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960