Ref: 2024/PR/233
ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި ވަނަ އިސްލާހުގައި ދިވެހިރާއްޖެ އާއި އެމެރިކާ އާ ދެމެދު، މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މި އިސްލާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މި އިސްލާހުގައި ސޮއިކުރެއްވީ ޔޫ.އެސް.އޭ.އައި.ޑީ. ގެ މިޝަން ޑިރެކްޓަރ ގެބްރިއަލް ގްރައު އެވެ.
މި އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތާރީޚީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެކެވެ. ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް، މި އިޞްލާޙުގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ފޯރުކޮށްދީ އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.
ޑީއޯއޭޖީގެ ސާދަ ވަނަ އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫ.އެސް.އޭ.އައި.ޑީ. މިޝަން ޓު ދަ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ނިމުނީ