Ref: 2025/PR/58
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާ ގުޅިގެން ދިވެހިރާއްޖޭގައި މޮޑެލް ކޮމަންވެލްތު އިސްވެރިގެން ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަންނަ މާރޗް މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކޮމަންވެލްތު ދުވަހާ ގުޅުވައިގެން ބޭއްވި މި މޮޑެލް ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ޝިޢާރަކީ މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރުކަމުގައިވާ "ޓުގެދަރ ވީ ތްރައިވް" އެވެ. މި ސެޝަންގައި ދައްކުވައިދީފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަންއެއް ހިނގާ ގޮތެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ އެކި ބެޗުތަކުގެ ދަރިވަރުން މި މޮޑެލް ސެޝަންގައި ބައިވެރިވެރިވެ، ކޮމަންވެލްތު ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ޚާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި އިޤްތިސާދީ ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. މި މަޝްވަރާތަކުގައި ދަރިވަރުން ވަނީ ކޮމަންވެލްތުގެ ހަމަތަކަށް އަލިއަޅުވާލައި އެއްބާރުލުން އިތުރުކޮށް ދުނިޔެއަށް ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމަށް ކަނޑައަޅާ ސިޔާސަތުތައް އެކުލަވާލާއިރު ޒުވާނުންގެ ބައިވެރިވުން މުހިންމުކަން ފާހަކޮށްފައެވެ. މި މޮޑެލް ސެޝަންއިން ކޮމަންވެލްތުގެ މުސްތަޤްބަލް ބައްޓަންކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަވެގެންދިޔައެވެ.
މި މޮޑެލް ކޮމަންވެލްތު އިސްވެރިގެން ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިން، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އެކި ގައުމުތަކުގެ ހައި ކޮމިޝަން އަދި އެމްބަސީ ގެ އިސްބޭފުޅުން، އަދި ޔުނިވަރސިޓީ އަދި ހައި ސްކޫލް ދަރިވަރުން ބައިވެރިވިއެވެ.