ޚަބަރު

‎ ދިވެހިރާއްޖެއާއި ފިލިޕީންސް އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ފިލިޕީންސްގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

‎ ދިވެހިރާއްޖެއާއި ފިލިޕީންސް އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެންރީކޭ އޭ. މަނާލޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި 

‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ


ދިވެހިރާއްޖެއާއި ފިލިޕީންސް އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، މަނިކުފާނަށާއި ފިލިޕީންސްގެ ސަރުކާރަށް އަދި ފިލިޕީންސްގެ ރައްޔިތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

ވޭތުވެ ދިޔަ 50 އަހަރުތެރޭގައި، ދިވެހިރާއްޖެއާއި ފިލިޕީންސްއާއި ދެމެދު އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮތް ގާތް އެކުވެރި ގުޅުމެއް ވަނީ ބަދަހިވެފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި ފިލިޕީންސް މަސައްކަތްތެރީންގެ މުހިއްމު ހިއްސާއެއް ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްދޭ ދާއިރާތަކުގައި ފާހަގަކޮށްލެވެއެވެ
  
މިހެންވެ، ދެޤައުމުގެމެދުގައި ބަދަހިވަމުން އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ފިލިޕީންސް ސަރުކާރާއެކު ގާތުން މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަންް އަޅުގަނޑުއަރުވަމެވެ. އަދި މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މިފުރުސަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960