ޚަބަރު

ދިވެހިރާއްޖެއާ ސައޫދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން ލެކްޗަރއެއް ބާއްވައިފ

20 މާޗް 2017، މާލެ

ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމްކޮށްގެން ބާއްވާ ލެކްޗަރ ސީރީސްގެ ތެރެއިން، މިއަދު ބޭއްވި ލެކްޗާގައި ދިވެހިރާއްޖެއަށް ސައޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އަބްދުﷲ ހަމީދު ދިވެހިރާއްޖެއާ ސައޫދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދެއްކެވިއެވެ.

އިޤްތިޞާދީ އެހީތަކާއި އެއްދީނަކަށް އުޅޭ ބައެއް ދެ ގައުމުގައިވެސް އުޅުމުގެ ސަބަބުން، ދިވެހިރާއްޖެއާ ސައޫދީ ޢަރަބިއްޔާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެކެވެ. އެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ އެންމެ މަތީ ފެންވަރުގައި ދެ ގައުމުގެ ދެމެދުގައި ކުރެވިފައިވާ ދަތުރުތަކުންނެވެ. ދިވެހިރާއްޖެއަށް ސައޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި ސައޫދީ އަރަބިއްޔާގެ މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެ މަސައްކަތަތްކުގެ ސަަބަބުން ސައޫދީ އަރައްބިއްޔާގެ ރައްޔިތުންނަށާއި އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކަށްވެސް ބައްލަވާލެއްވިއެވެ.

ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމްކޮށްގެން ބާއްވާ ލެކްޗަރ ސީރީސްއަކީ ދިވެހިރާއްޖެއިން ތަފާތު ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނަށް ޚާއްސަކޮށްގެން އެ ޤައުމުތަކާ ގުޅޭގޮތުން މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި މައުލޫމާތު ބަދަލުކޮށް ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960