ޚަބަރު

ދިވެހިރާއްޖެ އާއި ފިލިޕީންސް އާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ އެއްބަސްވުމެއްގައި ސޮއިކުރުން
Featured

ދިވެހިރާއްޖެ އާއި ފިލިޕީންސް އާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ އެއްބަސްވުމެއްގައި ސޮއިކުރުން

Ref: 2025/PR/294

ދިވެހިރާއްޖެ އާއި ފިލިޕީންސް އާ ދެމެދު، ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި ސިޔާސީ މަޝްވަރާތަކުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު، އެމެރިކާގެ ނިއުޔޯކް ގައި ބޭއްވޭ އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ހަވާސާގައެވެ. 

މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ކުރީއްސުރެ އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށް އެއްބާރުލުން ދިނުމެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ދެ ސަރުކާރުގެ މެދުގައި ވެވޭ މުހިންމު އެއްބަސްވުންތަކާއި ވާހަކަތައް ހަރުދަނާކަމާއެކު ތަންފީޒު ކުރުމަށް މަގު ފަހިވެގެންދާނެއެވެ. އަދި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ބަދަލުކުރުންތައް އިތުރު ކުރުމަށްވެސް މަގު ފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ފިލިޕީންސް ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު މާރިއާ ތެރޭސާ ޕީ. ލަޒާރޯ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960