ޚަބަރު

ދިވެހި ސަފީރުންގެ މަހާސިންތާ 2017

16 އޭޕްރީލް 2017 ، މާލެ؛

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިންތިޒާމްކުރާ ދިވެހި ސަފީރުންގެ މަހާސިންތާ 2017 މި އޭޕްރީލް މަހުގެ 19 އިން 20 އަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމަހާސިންތާ އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.

 މި އަހަރުގެ މި ބައްދަލުވުމުގެ ޝިޢާރަކަށް ހަމަޖެހިފައިވަނީ "ޕްރޮމޯޓިންގ ޑެސްޓިނޭޝަން މޯލްޑިވްސް" އެވެ. ދިވެހި ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުން ކަމަށްވީ ހިނދު، މި ޝިޢާރުގެ ދަށުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށާއި، ރާއްޖެއަށް އިންވެސްޓްމެންޓްގެ ފުރުޞަތުތައް ފަހިކުރުމަށާއި  އިޤްތިޞާދީ ކުރިއެރުންތައް ހޯދުމަށް ކުރަންޖެހޭ އިތުރު  މަސައްކަތްތައް މިމަހާސިންތާގައި ދެނެގަނެވޭނެއެވެ.

މި މަހާސިންތާގައި، ސަރުކާރުގެ ޚާރިޖީ ސިޔާސަތުތައް ތަންފީޒުކޮށް، ކުރިއަރުވާ، ޢަމަލުކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ސަފީރުންގެ މެދުގައި މަޝްވަރާ ކުރެވޭނެއެވެ. ހަމައެހެންމެ، މި މިނިސްޓްރީއާއި، ރާއްޖޭން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ހަރުދަނާ ކުރެވިދާނެ ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މިއީ 2007 ވަނަ އަހަރު ބޭއްވުނު މަހާސިންތާއަށް ފަހު ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުމުވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960