Ref: 2024/PR/325
ދެކުނު ކޮރެއާގެ ނޭޝަނަލް ފައުންޑޭޝަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޗޯ ތައި ޔުލްއަށް ޚާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މަނިކުފާނަށާއި، ސަރުކާރު އަދި ދެކުނު ކޮރެއާގެ ރައްޔިތުންނަށް ދެކުނު ކޮރެއާގެ ފައުންޑޭޝަން ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެ އާއި ދެކުނު ކޮރެއާ އާޢި ދެމެދު އިތުރު ރޮނގުތަކުން ގުޅުން ފުޅާވެ ބަދަހިވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ، ހަ ގަރުނާޢި ގާތްކުރާ ދުވަސްވީ ގާތް ގުޅުން ފާހަގަކުރަމެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް މިގާތް އަދި އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަނިކުފާނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އުންމީދުކުރަމެވެ.
މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ދެކުނު ކޮރެއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."
ނިމުނީ