ޚަބަރު

ބެނިންގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/227

ބެނިންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އޮލުޝެގުން އަޖާޑީ ބަކާރީއަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ

ބެނިންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ބެނިންގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

ދިވެހިރާއްޖެއާއި ބެނިންއާ ދެމެދު އޮންނަ ގުޅުން، މުސްތަޤްބަލުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ 

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ބެނިންގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960