ޚަބަރު

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ތަހުނިޔާގެ މެސެޖެއް ފޮނުއްވުން

26 މާޗް 2017، މާލެ،

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ބަންގްލަދޭޝްގެ މިނިސްޓަރ އޮން ފޮރިން އެފެއާޒް، ހިޒް އެކްސަލެންސީ ޢަބުލް ޙަސަން މަޙްމޫދު ޢަލީ އަށް ތަޙްނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ  މެސެޖުގައި، ބަންގްލަދޭޝްގެ 46 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ހިޒް އެކްސަލެންސީ ޢަބުލް ޙަސަން މަޙްމޫދު ޢަލީ އަށާއި، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް، މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަރަށް އެއްގޮތް އުޞޫލު ތަކަކާއި، އިތުބާރަކާއި، ޒަމާންވީ އިޤްތިޞާދީ ގުޅުންތަކެއްގެ މައްޗަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެޤައުމުގެ ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ބަދަހި ވެގެންދާނޭކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ބަންގްލަދޭޝް ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު  ވިދާޅުވެފައިވެއެވެ.  

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960