ޚަބަރު

ބަޙްރެއިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑުގެ އިސްވެރިން ޚާރިޖީ ވަޒީރު ޒަމީރު އާ ބައްދަލުކުރައްވައިފި

މަނާނާ، 13 އޮގަސްޓް 2024

 ބަޙްރައިންގެ  އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑުގެ އިސްވެރިން މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އާއި މިއަދު މަނަމާގައި ބައްދަލުކުރައްވައިފިއެވެ.

 މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަޙްރައިންއާ ދެޤައުމުގެ ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެގައުމުގައި ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި   ރާއްޖޭގެ އިންވެސްޓް ކުރަންހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޒަމީރުގެ ވާހަަކަފުޅުގައި އަލި އަޅުވާލެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960