މަނާނާ، 13 އޮގަސްޓް 2024
ބަޙްރައިންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ބަޓެލްކޯ) ޗީފް އެގްޒެކެޓިވް އޮފިސަރ ޚައިޠަމް ޢަބްދުﷲ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އާއި މިއަދު މަނަމާގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަޙްރައިންއާ ދެޤައުމުގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ސައިބަރ ސެކިއުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.