ޚަބަރު

24 އޮކްޓޯބަރ 2023 ވީ އަންގާރަ ދުވަހު ބޭއްވުނު މެދު އިރުމަތީގެ ސަރަހައްދާއި ފަލަސްޠީނާ ގުޅޭ އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި އ.ދ. އަށް ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އެމްބެސަޑަރ ޑރ. ޙާލާ ޙަމީދު ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށް ތަޤްރީރު ކުރައްވ

24 އޮކްޓޯބަރ 2023 ވީ އަންގާރަ ދުވަހު ބޭއްވުނު މެދު އިރުމަތީގެ ސަރަހައްދާއި ފަލަސްޠީނާ ގުޅޭ އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި އ.ދ. އަށް ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އެމްބެސަޑަރ ޑރ. ޙާލާ ޙަމީދު ވަނީ ދިވެހިރާއްޖެތަ މްސީލުކޮށް ތަޤްރީރު ކުރައްވާފައެވެ.

މި ބަހުސްގައި އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއިންވެސް ވަނީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ދެމުން ގެންދާ ހަމަލާތަށް ވަގުތުން ހުއްޓުވުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވައި "ހިއުމެނިޓޭރިއަން ކޮރިޑޯރ" އެއް ހުޅުވާލުމަށްވެސް ގޮވާލިއެވެ. ހަމައެހެންމެ ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ލިބިގެންވާ ވަކި ދައުލަތެއް އުފެއްދުމުގެ ހައްޤާއި އެހެނިހެން ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

 

 

އަދި މި މައްސަލަ ހައްލު ކުރުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހުން އަވަސް ފިޔަވަޅުތަކެއް އެޅިފައި ނުވާތީވެ ދިވެހިރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 476 އަދި 478 އާއި އެ މަޖިލީހުގެ ޤަރާރު ނަންބަރު 2334 ތަންފީޒުކުރުމަށްވެސް ގޮވާލިއެވެ.

މީގެ އިތުރުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުން ދިވެހިރާއްޖެއިން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވިކަންވެސް ފާހަގަކުރިއެވެ.

ފަލަސްތީނާއި އިސްރޭލުގެ މައްސަލައަށް ލިބެން އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށްފައިވާ މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް އިރުމަތީ ގުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅުން ކަމުގައިވެސް އެކަމަނާގެ ތަޤްރީރުގައި ފާހަގަ ކުރެއްވިއެވެ.

 

 

 

 

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960