Ref: 2025/Statement/32
ޔަމަނުގެ ސުލްއަ އާއި ހަމަޖެހުން ޤާއިމްކުރުމަށް ކުރެވެމުންދާ އެންމެހާ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމަ ތާއީދު ކުރަމެވެ. މިގޮތުން، ޔަމަނުގެ ހަމަޖެހުން ޤާއިމުކުރުމަށާއި، ޔަމަނުގައި ހަނގުރާމަ ހުއްޓާލާފައިވާ ސަރަޙައްދުތަކުގެ ސަލާމަތާއި ހަމަޖެހުން އަލުން ގެނެއުމަށާއި ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރަމެވެ.
އަދި މީގެ އިތުރުން، ޔަމަނުގައި ތަރައްގީ އާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ކަމާގުޅުންހުރި ފަރާތްތަކަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.
ނިމުނީ