Ref: 2024/PR/273
ވިއެޓަނާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ބޫ ތަންހ ސަންއަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
" ވިއެޓްނާމްގެ ޤައުމީ ދުވަހުގެ ތަހުނިޔާ މަނިކުފާނަށާއި، ވިއެޓްނާމް ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ.
ދިވެހިރާއްޖެ އާއި ވިއެޓްނާމާއި ދެމެދުގައިވާ އެކުވެރި ގާތްގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ހަރުދަނާވެ ބަދަހިވެގެންދާނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.
މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ވިއެޓްނާމް ރައްޔިތުންނަށް އަމާންކަމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."
ނިމުނީ