ޚަބަރު

ސްވިޒަރލޭންޑްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ސްވިޒަރލޭންޑްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/240

ސްވިޒަރލޭންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އިގްނާ ޒިއޯ ކަސިސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސްވިޒަރލޭންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ސްވިޒަރލޭންޑްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
 
ވޭތުވެދިޔަ ސާޅީސް ހަތަރު އަހަރު ތެރޭގައި ދެޤައުމުން ތަޖުރިބާކޮށްފައިވާ ދެމެހެއްޓެނިވި އެކުވެރިކަމާއި، ކާމިޔާބު އެއްބާރުލުމުގެގުޅުން ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަކުރަމެވެ. އަދި ކުރިއަށް އޮތް މުސްތަޤްބަލްގައިވެސް މި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

އަދި ސްވިޒަރލޭންގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރަމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960