Ref: 2024/PR/133
ސްވިޑެންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ތޮބިއާސް ބީލްސްޓްރަމް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސްވިޑެންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ސްވިޑެންގެ ރައްޔިތުންނަށް ހޫނު މަރުހަބާ އެއް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އަޅުގަނޑުގެ އުއްމީދަކީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަޤްވާމީ މައިދާނުގައިވެސް މިގުޅުން އިތުރަށް ހަރުދަނާ ވުމެވެ.
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ސްވިޑެންގެ ރައްޔިތުންނަށް އިތުރު ސުލްހަ އާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ