ޚަބަރު

‏ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސްގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/343

‏‎ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ފްރެޑްރިކް ސްޓެފަންސަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސް ސަރުކާރަށާއި ރައްޔިތުންނަށް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސް އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި  ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ރާއްޖެއާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސްއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަން އަޅުގަނޑަށް ޔަގީނެވެ.

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިންސްގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960