ޚަބަރު

ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔުން

ސަޢޫދީ ޢަރަބިއްޔާ އާއި އީރާނުން ދެޤައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ޤާއިމުކޮށް ދެޤައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ޤައުމުތަކުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔަމެވެ.

އަދި މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމައިފީމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960