Ref: 2024/PR/374
ރޮމޭނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ލުމިނީޓާ-ތިއޮޑޯރާ އޮޑޮބެސްކޫ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ރޮމޭނިއާ ސަރުކާރަށާއި ރައްޔިތުންނަށް، ރޮމޭނިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ރޮމޭނިއާ އާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 45 އަހަރު ވީ ދުވަސް މި އަހަރު ފާހަގަކުރެވުނީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު އެންމެ ފުރަތަމަ ބައިލެޓަރަލް-ޕޮލިޓިކަލް މަޝްވަރާ ބައްދަލުވުމާއެކުގައެވެ. އަޅުގަނޑުގެ އުއްމީދަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދިއުމެވެ.
އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.