Ref: 2024/PR/139
ރަޝިއާ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ސާރްގޭ ލެވްރޮވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރަޝިއާ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ރަޝިއާ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާ އެއް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އަޅުގަނޑުގެ އުއްމީދަކީ، ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމާއި ހެޔޮއެދުން ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.