ޚަބަރު

ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ލާއޯސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެޤައުމުގެ ޚާރޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/377

ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ލާއޯސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ލާއޯސްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ލާއޯސްގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުގެ އިޚުލާސްތެރި އުންމީދަކީ، ދިވެހިރާއްޖެއާއި ލާއޯސްއާއި ދެމެދު އޮތް އެކުވެރި ގުޅުން ކުރިއަށް އޮތްތާގައި އިތުރަށް ވަރުގަދަވެގެންދިއުމެވެ.

މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ލާއޯސްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960