ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

Ref: 2025/PR/70

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ. އެމަނިކުފާނަށް ދިއްލީ އިން މަރުހަބާ ދަންނަވާފައިވަނީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްގެ އިސް އޮފިޝަލް އިންނެވެ.

މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކުރައްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި މިނިސްޓަރު ޑރ.ޚަލީލް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި އަހަރުގެ ރައިސިނާގެ ޗީފްގެސްޓްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އެވެ.

މިނިސްޓަރ ޑޮކްޓަރ ޚަލީލް، މި އަހަރުގެ މި ޑައިލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޑޮކްޓަރ ޚަލީލް ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ. 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގް އަށް ވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960