Ref: 2025/PR/71
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް، 10 ވަނަ ރައިސީނާ ޑައިލޮގް ގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާ އަށް ކުރެއްވެވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ނިއުދިއްލީ އިން މިއަދު ފުރައިވަޑއިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ އެސް ޖައިޝަންކަރުއާއި ބައްދަލުކުރެއްވިއެވެ. އަދި ރައިސީނާ ޑައިލޮގްގެ ތެރެއިން ބޭއްވި ހައިލެވެލް ޕެނަލް ޑިސްކަޝަން “ކްލައިމެޓް ކެޓަކްލިޒަމް: ދަ އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިންގް"އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި 10 ވަނަ ރައިސީނާ ޑައިލޮގްގް ބައިވެރިވެވަޑައިގެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާއި ހަވާސާގައި ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ.
އެމަނިކުފާނަށް ދިއްލީ އިން އަލްވަދާއު ދެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.
ނިމުނީ