ޚަބަރު

މެލޭޝިއާގެ 67 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އަލްފާޟިލް މޫސާ ޒަމީރު އެޤައުމުގެ ޚާރޖީ ވަޒީރު ވައި.ބީ ދަތޯ ސެރީ އުތަމާ މުހައްމަދު ހަސަން އަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/265

މެލޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ވައި.ބީ ދަތޯ ސެރީ އުތަމާ މުހައްމަދު ހަސަން އަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ދިވެހި ސަރުކާރާއި، ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މެލޭޝިއާގެ 67 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށް ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ. މި ހާއްސަ މުނާސަބާއިން މެލޭޝިއާގެ މިނިވަންކަމަށްޓަކައި އޮތް ވަރުގަދަ ރޫހާއި ކަށަވެތިކަން ރަމްޒުކޮށްދެއެވެ.

މިދުވަސް ފާހަގަކުރެވޭއިރު، އަޅުގަނޑުގެ އުންމީދަކީ ދެޤައުމުގެ ދެމެދުގައި ގާއިމްވެފައިއޮތް ގާތް ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމެވެ. އެގޮތުން، ދެޤައުމުގެ ރައްޔިތުންނަށާއި ސަރަހައްދީ ކުރިއެކުމަށްވެސް މަންފާކުރާނޭ ގޮތަކަށް މިގުޅުން ބަދިހިވެގެން ދާނޭކަމަށް އުންމީދު ކުރަމެވެ. މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި މެލޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960