ޚަބަރު

މަލާވީގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2024/PR/138

މަލާވީގެ ނާއިބު ރައީސް އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރު ނެންސީ ޓެމްބޯއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައިވަނީ:

"މަލާވީގެ ނާއިބު ރައީސް ސައުލޯސް ކްލައުސް ޗިލީމާ ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އެ މަނިކުފާނު އަވަހާރަވި ހިތާމަވެރި ޚަބަރު އަޅުގަނޑު އަޑުއެހީ ކުއްލި ސިހުމަކާއި ފުން ހިތާމައާއެކުއެވެ.

ހިތާމައިގެ މި ދަނޑިވަޅުގައި، މަނިކުފާނާއި މަލާވީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މަލާވީގެ ކުރިއެރުމާއި ތަރައްޤީއަށް ނާއިބު ރައީސް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ރައްޔިތުން އެ މަނިކުފާނަށް އިޙްތިރާމާއެކު ޝުކުރުވެރިވާނޭކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960