ޚަބަރު

‏މައިކްރޮނީޝިއާގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/351

‏‎ މައިކްރޮނީޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ލޯރިން ރޮބަރޓް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި މައިކްރޮނީޝިއާ ސަރުކާރަށާއި ރައްޔިތުންނަށް، މައިކްރޮނީޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިހްލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ. 

ދިވެހިރާއްޖެއާއި މައިކްރޯނޭޝިއާ އަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި  ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ރާއްޖެއާއި މައިކްރޮނީޝިއާ އާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަން އަޅުގަނޑަށް ޔަގީނެވެ.

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި މައިކްރޮނީޝިއާގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960