ޚަބަރު

ލީބިޔާގެ އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަނަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/402

ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އެކްޓިން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އަލްޠާހިރު ސަލީމް އަލްބުއުރަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީ:

"ލީބިޔާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މަނިކުފާނަށާއި ލީބިޔާގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަރިސްކުރަމެވެ.

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ލީބިޔާގެ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން އަދި އުފާފާގަތިކަން ލިބުމަށް އެދެމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960