Ref: 2024/PR/144
ލަގްޒަމްބަރގްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ ފޮރިން އެފެއާޒް އަދި މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް ހިއުމެނިޓޭރިއަން އެފެއާޒް، ޒަވިއޭ ބެޓެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
ލަގްޒަމްބަރގްގެ ގްރޭންޑް ޑިއުކްގެ ރަސްމީ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ލަގްޒަމްބަރގްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މަނިކުފާނަށާއި ލަގްޒަމްބަރގްގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާ އެއް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމާއި ހެޔޮއެދުން ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.