ޚަބަރު

ކިއުބާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/1

ކިއުބާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ބްރޫނޯ އެޑުއާޑޯ ރޮޑްރިގޭޒް ޕަރިއްޔާ  އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ކިއުބާގެ ރައްޔިތުންނަށް، ކިއުބާގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

އަޅުގަނޑުގެ އުއްމީދަކީ  މަނިކުފާނާ ގުޅިގެން ދިވެހިރާއްޖެއާއި ކިއުބާ އާ ދެމެދުގައި އެކުުލެވިފައިވާ ގާތް ގުޅުން ޚާރިޖީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާންތަކުގައި އިތުރަށް ހަރުދަނާކުރުަމަށް މަސައްކަތްކުރުމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960