Ref: 2026/PR/01
ކިއުބާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ބްރޫނޯ އެޑުއާޑޯ ރޮޑްރިގޭޒް ޕަރިއްޔާއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ކިއުބާގެ ރައްޔިތުންނަށް، ކިއުބާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުވަމެވެ.
އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދުގައި އެކުުލެވިފައިވާ ގާތް ގުޅުން ޚާރިޖީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާންތަކުގައި އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."
ނިމުނީ.