ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ނޭޕާލް ގެ ޚާރިޖީ ވަޒީރު އަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/132

ނޭޕާލްގެ ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި ނޭޕާލްގެ ޚާރިޖީ ވަޒީރު  ޑޮކްޓަރ އާރުޒޫ ރަނާ ޑުއުބާ އަށާއި އެޤައުމުގެ ސަރުކާރަށާއި އަދި ނޭޕާލުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެކަމަނާއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ. 

އެ ސިޓީފުޅުގައި، ޚާރިޖީ ވަޒީރު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމާއި އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ އެހެނިހެން ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން އެއްބާރުލުން ދެއްވައި އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. 

އަދި މި މެސެޖުގައި، އެ މަނިކުފާނު ވަނީ ނޭޕާލުގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވާކަމަށާއި، ނޭޕާލަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960