Ref: 2025/PR/76
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ފޮރިން އެޑްވައިޒަރ އެމް.ޑީ ތައުޙިދު ހޮސެއިން އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް މަނިކުފާނަށާއި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރަމެވެ.
ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޚްތިރާމާއި، ދެޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށެވެ. ރާއްޖޭގެ ތަރައްޤީއަށް ބަންގްލަދޭޝް އިން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރަމެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ބަދަހިވެ އަދިވެސް އިތުރަށް ފުޅާވެ، އިތުރު ދާއިރާތަކުން ދެޤައުމުން ގުޅުން ބަދަހިކުރާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމަށް އެދެމެވެ. އަދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
ނިމުނީ