ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް،ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް،ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2025/PR/377

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޤަތަރުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އިހްތިރާމާއި، ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ  ޒަމާންވީ ޢަހްވަންތަކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން އެ ގުޅުމުގެ އަގު ނުހަނު ވަޒަންކުރާ ގުޅުމެކެވެ. އަދި މިގުޅުން އެކި ދާއިރާތަކުން ދެ ފަރާތުންވެސް އެއްބަސްވެވޭ ކަންތައްތަކުގެ މައްޗަށް ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހި ވެގެންދާނޭކަމަށް އަޅުގަނޑު ޔަޤީން ކުރަމެވެ.

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކާމިޔާބީއަށް އަދި ޤަޠަރުގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާފާގަތިކަމަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960