ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ލެސޯތޯގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/327

ލެސޯތޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ލިޔޯނީ އެމްޕޮޖޮއާނާއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ލެސޯތޯގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، މަނިކުފާނަށާއި ލެސޯތޯގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި ލެސޯތޯއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން އަރުވަމެވެ. 

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ލެސޯތޯގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960