Ref: 2024/PR/333
އިކުއެޓޯރިއަލް ގިނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސިމިއޯން އޮޔޯނޯ އެސޯނޯ އަންގްއަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"އިކުއެޓޯރިއަލް ގިނީގެ މިނިވަންކަމަށް 56 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި އިކުއެޓޯރިއަލް ގިނީގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ.
ދިވެހިރާއްޖެއާއި އިކުއެޓޯރިއަލް ގިނީއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 6 އަހަރު ފުރިފައިވާއިރު، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ރޫޙު އިތުރަށް އާލާކޮށް ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި މަނިކުފާނާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ތައްޔާރަށްހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."