ޚަބަރު

ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ ޚަލީލް  ޔޫރަޕިއަން  ޔޫނިއަން  އިންޑޯ-ޕެސިފިކް  މިނިސްޓީރިއަލް  ފޯރަމްގެ  ތެރެއިން  ބޭއްވުނު  ރައުންޑް  ޓޭބަލް  ސެޝަން  އެއްގައި  ބައިވެރިވެވަޑައިގެންފި
Featured

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ ތެރެއިން ބޭއްވުނު ރައުންޑް ޓޭބަލް ސެޝަން އެއްގައި ބައިވެރިވެވަޑައިގެންފި

Ref: 2025/PR/353

ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް  ގެ  ހަވާަސާގެ  ތެރެއިން  "ކޮމަން އެންޑެވަރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި  ބޭއްވުނު ރައުންޑްޓޭބަލް ސެޝަންއެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެން  މިއަދު  ވާަހަކަފުޅު  ދައްކަވައިފިއެވެ.

އެމަނިކުފާނުގެ  ވާހަކަފުޅުގެ  ތެރޭގައި  ދިވެހިރާއްޖެ  ފަދަ  ކުދި  ޖަޒީރާ  ޤައުމުތަކަށް  މޫސުމަށް  އަންނަ  ބަދަލުތަކާ  ގުޅިގެން  ދިމާވާ  ގޮންޖެހުންްތައް  ފާހަަގަކުރައްވާފައިވެއެވެ.  އަދި،  ނޭޝަނަލީ  ޑިޓާމިންޑް  ކޮންޓްރިބިއުޝަންސް  (އެން.ޑީ.ސީ)  ގެ  ދަށުން  މި  ގޮންޖެހުންތަކުން  އަރައިގަތުމަށްޓަކައި  ދިވެހިރާއްޖެއިން  ކަނޑައަޅާފައިވާ  އުއްމީދީ  އަމާޒުތަަކާއި  ލަނޑުދަނޑިތަކަށްވެސް  އެމަނިކުފާނުގެ  ވާހަކަފުުޅުގައި  އަލިއަޅުވާލާފައިވެއެވެ. 

މިގޮތުން  ވައިގެ  ތެރެއަށް ގްރީންހައުސް  ގޭސް  ދޫކުރާ  މިންވަރު  1.52  މިލިއަން  ޓަނަށް  2035  ގެ  ކުރިން  ދަށްކުރުމަށާއި،  2028  ކުރިން  ދިވެހިރާއްޖޭގައި  ޖެނަރޭޓް  ކުރާ  ކަރަންޓުގެ  %33  އަކީ  އިއާދަ  ކުރަނިވި  ހަކަތައިން  އުފައްދާ  ކަރަންޓަށް ބަދަލުކުރުމަށާއި  "ނޭޝަނަލް  ސަސްޓެއިނަބަލް  ޑިވަލޮޕްމަންޓް  ޕްލޭނިންގ" ގެ  ތެރޭގައި  ކްލައިމެޓް  ރެސިލިއަންސް  ހިމެނުމަށް  ދިވެހި  ސަރުކާރުން  ނިންމާފައިވާކަމަށް  އެމަނިކުފާނު  ވިދާޅުވެފައިވެއެވެ. 

ޙާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލްގެ  ވާހަކަފުޅުގައި  ބައިނަލްއަގުވާމީ  ގޮތުން  ކުދި  ޖަޒީރާ  ޤައުމުތަކަށް  ލިބެމުން  އަންނަ  އެހީތެރިކަމަކީ  މުޅި  ދުނިޔެ  އަށް  ލިބޭ  އެހީއެެއްކަމުގައި  ފާހަގަކުރައްވާފައެވެ.  އަދި  ޔޫރަޕިއިން  ޔޫނިއަން  އިން  މޫސުމަށް  އަންނަ  ބަދަލުތަކާ  ގުޅިގެން  ދިމާވާ  ގޮންޖެހުންތަކުން  އަރައިގަތުމަށް  ވެދެއްވާ  ޔޫރަޕިއަން  ގްރީން  ޑީލް  "ފިޓް  ފޮރ  55  ޕެކޭޖް"  ފަދަ  އިސްނެގުންތަކަކީ  މުޅި  ދުނިޔެ  އަށް  މިކަމުން  ދިމާވެފައިވާ  ދަތިތަކުން  އަރައިގަތުމަށް  ލިބިގެންދާ  ހިތްވަރެއް  ކަމުގައި  ފާހަގަ  ކުރައްވާފައިވެއެވެ.
 

‎ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960