ޚަބަރު

ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލް  ބެލްޖިއަމް  އަށް  ކުރެއްވި  ރަސްމީ  ދަތުރުފުޅު  ނިންމަވާލައްވައިފި
Featured

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Ref: 2025/PR/354

މި  ދަތުުރުފުޅަކީ  މި  ނޮވެންބަރު  މަހުގެ  20  އިން 21  އަށް  ބެލްޖިއަމްގެ  ވެރިރަށް  ބްރަސެލްސް  ގައި  ކުރިއަށް  ދިޔަ  ޔޫރަޕިއަން  ޔޫނިއަން  އިންޑޯ-ޕެސިފިކް  މިނިސްްޓީރިއަލް  ފޯރަމް  ގައި  ބައިވެރިވެވަޑައިގަތުމަށް  ކުރެވުނު  ދަތުރުފުޅެކެވެ.  

އަދި،  މި  ދަތުރުފުޅުގެ  ތެރެއިން  އެކުވެރި  ބައެއް  ޤައުމުތަމުގެ  އިސްވެރިންނާ  އެކު  ރަސްމީ  ބައްދަލުވުންތަކުގައި  ބައިވެރިވެވަޑައިގެން  ޚާރިޖީ  ގުޅުންތައް  އިތުރަށް  ބަދަހިކޮށް،  ސަރަހައްދީ  އަދި ބައިނަލްއަގުވާމީ  މައިދާންތަކުަގައި  ގުޅިގެން  މަސައްކަތް  ކުރުމާ  ގުޅޭގޮތުން  މަޝްވަރާކުރެވިފައިވެއެވެ. 

ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލްގެ  މިދަތުރުފުޅުގެ  ތެރޭގައި  އެމަނިކުފާނު  ވަނީ  މި  ފޯރަމްގެ  ޙަވާސާގެ  ތެރެއިގައި  ބޭއްވިފައިވާ  އެކި  ހައި-ލެވަލް  އިވެންޓްތަކުގައިވެސް  ދިވެހިރާއްޖެ  ތަމްސީލު  ކުރައްވާފައެވެ.
މީގެއިތުރުން  ބެލްޖިއަމްގައި  ހުންނަ  ދިވެހިރާއްޖޭގެ  އެމްބަސީ  އަށް  ޒިޔާރަތްކުރައްވައި،  ދިވެހި  ސަރުކާރުން  ރާއްޖޭން ބޭރުގައި  ދިރިއުޅޭ ދިވެހިންނަށް  ސަރުކާާރުން  ފޯރުކޮށްދޭ  ޙިދުމަތްތަށް  އިތުރަށް  ހަރުދަނާ  ކުރެއްވުމާ  ގުޅޭާގޮތުން  ވާހަކަފުޅު  ދައްކަވާފައިވެއެވެ. 

މި  ދަތުރުފުޅުގައި  ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލް  ގެ  އަރިހުގައި ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޤީލާ ޢަލީ،  ސެކްރެޓަރީ  މަލްޓިލެޓަރަލް   އަޙްމަދު  ޝިއާން  އަދި  ޕޮލިޓިކަލް  ޑިރެކްޓަރ  ފާތިމަތު  ނަޝާ  އިސްމާޢިލް  ބައިވެރިވެވަޑައިގެންފައިވެއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960