ޚަބަރު

ޚާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލް އަޒަރބައިޖާންގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/131

އަޒަރބައިޖާންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޖޭހުން ބޭރަމޮވް އަށް  ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާ އަރިސްކުރައްވާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

‏‎ ‏އެމަނިކުފާނުގެ ސިޓީފުޅުގައި، އަޒަރބައިޖާންގެ މިނިވަންދުވަހުގެެ އުފާވެރި މުނާސަބާގައި، އަޒަރބައިޖާންގެ  ޚާރިޖީ ވަޒީރަށާއި، އެޤައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.  

އަދި ދިވެހިރާއްޖެ އާ އަޒަރބައިޖާންއާ ދެމެދު ބަދަހި ވަމުން އަންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.  

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960