Ref: 2024/PR/19
ކެމްބޯޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން 1 ޖަނަވަރީ 2024 އިން ފެށިގެން ކެމްބޯޑިއާ އަށް ދަތުރުކުރާ ޕެސެންޖަރުން ކެމްބޯޑިއާއަށް އެތެރެވުމުގެ ކުރިން "ކެމްބޯޑިއާ އީ-އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ކެމްބޯޑިއާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ވަނީ ހަމަޖައްސަވާފައެވެ. މި އޮންލައިން ފޯމް ފުރުމަށް އަންގަވާފައިވަނީ www.arrival.gov.kh މި ލިންކް މެދުވެރިކޮށް، ދަތުރަށް ފުރުމުގެ ކުރިންނެވެ.
އެހެންކަމުން ކެމްބޯޑިއާ އަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން ކެމްބޯޑިއާ އީ-އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ. އަދި މި ފުރުޞަތުގައި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.