Ref: 2025/PR/129
ޖޯޖިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، މަކާ ބޯޗޮރިޝްވިލީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
ޖޯޖިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ޖޯޖިއާ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ޖޯޖިއާއާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ކަމަނާއާ ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދު ކުރަމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ".
ނިމުނީ.